ޙަޤީޤީ ވާހަކަ: ބައްޕަ މަރުވޭތޯ 2 މަސްކުރިން ތައްޔާރުވާންފެށި ދަރިފުޅު

މިއީ ޖިއްދާގެ އެންމެ ބޮޑު ގަބުރުސްތާނުގެ ވެރިއެއްގެ ގޮތުގައި ފާއިތުވި 30 އަހަރު ހަރަކާތްތެރިވި ޝައިޚް ޢައްބާސް އަލް-ޘަވީ އަމިއްލައަށް ދެކެ، ކިޔައިދެއްވާފައިވާ ވާހަކައެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އޭނާގެ ހިތަށް ނުހަނު އުނދަގޫކުރުވާ، އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އިޙްތިރާމް ކުޑަކުރުމުގައި އިންސާނުން ކިހާ ދުރަކަށް ގޮސްދާނެކަން ހަނދާންކޮށްދޭ ބިރުވެރި ހާދިސާއެކެވެ. ޝައިޚް ޢައްބާސް ހަނދާން އައުކުރައްވަމުން ވިދާޅުވީ، އެއްދުވަހަކު އޭނާއަށް މީހަކު ގުޅާފައި “ޝައިޚް، އަހަރެންގެ ބައްޕަ ބަލިވެއްޖެ” އޭ ބުނި ކަމަށެވެ. ޝައިޚްContinue reading “ޙަޤީޤީ ވާހަކަ: ބައްޕަ މަރުވޭތޯ 2 މަސްކުރިން ތައްޔާރުވާންފެށި ދަރިފުޅު”

އިސްލާމް ވުމުން ގެއިންނެރެ ބޭރުކޮށްލީ

އާލިޔާ އުމް ރައިޔާން އިސްލާމްވީ މީގެ 23 އަހަރުކުރިންނެވެ. އިނގިރޭސިވިލާތުގައި ދީނީ ދަޢުވަތު ފެތުރުމުގައި މަސައްކަތް ކުރާތާ 20 އަހަރުވެއްޖެއެވެ. އޭނާއަކީ ޔޫޓިއުބްގައި ޝޯއެއް ހޯސްޓްކުރާ ޕްރެޒެންޓަރެކެވެ. “ރަމަދާން ރިފްލެކްޝަންސް” މި ނަމުގައި މިއަހަރު އޭނާ ލިޔެ ޝާއިޢުކުރި ފޮތެއް އެމޭޒަންއިން ވަރަށް ގިނަ ބަޔަކުގަނެ، އެ ފޮތަކީ ޕެންގުއިން ޕަބްލިކޭޝަންގެ އެންމެ މަޤުބޫލު އެއް ފޮތަށް ވަނީވެފައެވެ. އަދި “ސޮލޭސް ޔޫކޭ” މި ނަމުގައި، އަލަށް އިސްލާމްވާ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްޞަ މަދަނީ ޖަމިއްޔާއެއްވެސް އޭނާވަނީContinue reading “އިސްލާމް ވުމުން ގެއިންނެރެ ބޭރުކޮށްލީ”

ޙަޤީޤީ ވާހަކަ: ދެމަފިރިންގެ ދިރިއުޅުން ރޫޅާލައި ދެބައޮޑުވުމުގެ މަތީގައި ދެމިހުރި އަންހެނެއް މަރުވިހިނދު ކަންވީގޮތް

މިއީ ޝައިޚް މުޙައްމަދު އައްޞާވީ ކިޔައިދެއްވިއެވެ. މިއީ ޔުނިވަރސިޓީއެއްގައި ކިޔަވަން އުޅުނު ޒުވާން އަންހެން ކުއްޖެއްގެ ޙަޤީޤީ ވާހަކައެކެވެ. އެ ޔުނިވަރސިޓީގައި މާރިއާ ކިޔާ ކުއްޖަކު އުޅުނެވެ. މާރިއާ މުޅި ޔުނިވަރސިޓީގައި މަޝްހޫރުވެފައިވަނީ އޭނާ ކުރާ މައިގަނޑު އެންމެ ކަމަކަށެވެ. އެއީ ދޭތެރެޖެއްސުމެވެ. ދޭތެރެޖެއްސުމުގެ މާނައަކީ އެކަކު އަނެކަކާ މެދު ދައްކާ ނުބައި ވާހަކަތައް ނުވަތަ ދެބައޮޑުވުންތައް، އަނެއް މީހާގެ ގާތަށް ގެންގޮސް، “މިވެނި މީހަކު ކަލެއާ ދިމާލަށް މިވެނި ނުބައި ވާހަކައެއް ދައްކަނިކޮށް ތިމަންނާ އަޑުއެހީމޭ”Continue reading “ޙަޤީޤީ ވާހަކަ: ދެމަފިރިންގެ ދިރިއުޅުން ރޫޅާލައި ދެބައޮޑުވުމުގެ މަތީގައި ދެމިހުރި އަންހެނެއް މަރުވިހިނދު ކަންވީގޮތް”

ހަޤީޤީ ވާހަކަ: މުޅި އުމުރު ދުންފަތުގެ އިސްތިއުމާލުކުރުމުގައި، މަރުވެގެން ހިނެވިއިރު ފެނުނީ ބޮޑު ޢަޖައިބެއް

މިއީ މިޞްރުގެ އިމާމެއް ކަމަށްވާ ޝައިޚް އަޙްމަދު އަލް-ޢަޒްބު ކިޔައިދެއްވާފައިވާ ޙަޤީޤީ ވާހަކައެކެވެ. އޭނާ މިވާހަކަ ކިޔައިދެއްވަމުން ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ، އަހަރެން މިކިޔައިދޭ ކޮންމެ ކޮންމެ ބަހަކީ އަހަރެންގެ އަމިއްލަ ލޮލުން ދެކެ، އަހަރެންނަށް ދިމާވި ކަންތައްތަކެވެ. އަދި އަހަރެން ބޭނުންވަނީ ޢިބުރަތަކަށްޓަކައި މިއީ ތިޔަބައިމީހުންނާ ހިއްސާކޮށްލާށެވެ.” އެ ވާހަކައަކީ؛ އެއްދުވަހަކު އަހަރެންނަށް ފޯނެއް އައެވެ. އެމީހުން ބުންޏެވެ، ‘ޝައިޚް އަޙްމަދު، އަހަރެމެންގެ މީހަކު ނިޔާވެއްޖެއެވެ. އަދި ޝައިޚް ވަޑައިގެން މި މީހާ ހިނަވައިދިނުމަށްContinue reading “ހަޤީޤީ ވާހަކަ: މުޅި އުމުރު ދުންފަތުގެ އިސްތިއުމާލުކުރުމުގައި، މަރުވެގެން ހިނެވިއިރު ފެނުނީ ބޮޑު ޢަޖައިބެއް”

މިއުޒިކީ ދުނިޔެއިން ހަޤީޤީ ދުނިޔެއަކަށް ރަޙީމް ޖަންގ ކުރި ދަތުރު

އަހަރެންނަކީ އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން މީހަކީމެވެ. އަހަރެން އުޅެބޮޑުވެފައިވަނީ ވަރަށް “އޯޕަން މައިންޑް” މާހައުލެއްގައެވެ. ވަކި ދީނަކަށް ތަބާވުމަށް ނުވަތަ ވަކި ދީނަކަށް އުޅުމަށް އަހަރެންނަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އަހަރެންގެ ބައްޕައަކީ ކޮންމެވެސް ވަރަކަށް ދީން ޤަބޫލުކުރާ މީހެއް ނަމަވެސް މަންމައަކީ ދީނަކަށް އުޅުމަށް ނަފުރަތުކުރި މީހެކެވެ. މަންމަ އަޔަލަންޑުގެ މީހަކާ ކައިވެނިކޮށްގެން ކްރިސްޓިއަން ދީނުގައި އުޅުމަށްފަހު ވަރިވުމުން (ވަރި ވުމަކީ އަޔަލެންޑްގެ ދީން، ކްރިސްޓިއަން ދީނުގައި، މަނާ ކަމަކަށްވާތީ) އެ ދީނުގެ މީހުންނާ މަންމަContinue reading “މިއުޒިކީ ދުނިޔެއިން ހަޤީޤީ ދުނިޔެއަކަށް ރަޙީމް ޖަންގ ކުރި ދަތުރު”

މުސްލިމުން ސްޕެއިންގައި 800 އަހަރު

ދީން ފެތުރުއްވުމަށްޓަކައި، ކީރިތި ރަސޫލާ ‘ އެކަލޭގެފާނުގެ ޞަޙާބީން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޮނުއްވެވިއެވެ. އެކަލޭގެފާނުގެ ސަހާބީން އެކި ސަރަހައްދުތަކަށް ފޮނުއްވީ ގަދަބާރުގެ ބޭނުންކޮށްގެން ހަނގުރާމަކޮށް ޣައިރު މުސްލިމުން މަރާކަށްނޫނެވެ. ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކަށް ހިދާޔަތުގެ އަލި ފޯރުކޮށްދިނުމަށެވެ. މުސްލިމު ގައުމުތައް ވަށައިލެވިގެންވީ އޭރުގެ ދުނިޔޭގެ ބޮޑެތި ބާރުތަކެވެ. ތާރީޚުގެ ފަތްފުއްތަކުން އެނގޭގޮތުގައި މުސްލިމުންގެ ދައުލަތުގެ އިރުމަތީގައިވީ ފާރިސީ އެމްޕަޔަރ އާއި ސަސަރނިޑް (މިހާރުގެ އީރާނުގެ ސަރަހައްދު) އެމްޕަޔަރ މުސްލިމުންނަށް ހަމަލާދީ ޤަތުލުއާންމު ދިޔައީ ހިންގަމުންނެވެ. މިކަމާContinue reading “މުސްލިމުން ސްޕެއިންގައި 800 އަހަރު”

އެސްފީނާއަކީ ހަޤީޤަތެއް: ފެށީ ޓިކްޓޮކް ލައިވްއަކުން. ލައިވް ނިމުނީ ތުއްތު ދެކުދިންގެ މަރާއެކު

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއަދުގެ މި ވާހަކައިން އަޅުގަނޑުމެން އުނގެނެންވީ ހަމައެކަނި އެއް ކަމެކެވެ. އެއީ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެސްފީނާއަކީ (ނުވަތަ އެސްފީނާގެ އަސަރަކީ) ޙައްޤު ތެދެކެވެ. އެއީ ޙަޤީޤަތެކެވެ. އަދި ކޮންމެ މީހަކަށްވެސް އެއިގެ އަސަރު ފޯރާފާނެއެވެ ސައުދީ އަރަބިއްޔާގައި ދިރިއުޅެމުން، ޖަމާޢަތްތެރި އުޚުތަކު ކިޔައިދީފައިވާ މި ވާހަކައަށް އަޑުއަހާށެވެ. އޭނާ ބުންޏެވެ. “އެއްދުވަހަކު އަހަންނަށް ފޯނުކޯލެއް އައެވެ. އެއީ މައްޔިތަކު ހިނަވައިދިނުމަށް ހިނަވާގެއަށް އައިސްދިނުމަށް އެދިއެވެ. އަހަރެންContinue reading “އެސްފީނާއަކީ ހަޤީޤަތެއް: ފެށީ ޓިކްޓޮކް ލައިވްއަކުން. ލައިވް ނިމުނީ ތުއްތު ދެކުދިންގެ މަރާއެކު”

މަންމަ އިސްލާމްވީ ނިޔާވުމުގެ 3 ދުވަސް ކުރިން

އަހަރެންގެ މަންމައަށް ސްޓޭޖް 4 ގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ކުއްލިއަކަށެވެ. މަންމަ ދުނިޔޭގައި ހުންނާނެކަމަށް ޑޮކްޓަރ ލަފާކުރީ ގިނަވެގެން 3 ހަފުތާއެވެ. ކެންސަރު ބަލީގައި ތަންމަތީގައި އޮންނަން ޖެހުމުން ފުރަތަމަ ފަހަރަށް މަންމަގެ ހިތް އިސްލާމް ދީނަށް “މަޑުމޮޅި” ވާންފެށިއެވެ. އޭގެ ކުރިން މުޅި އުމުރުގައިވެސް މަންމަ އަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ އަދި ދީނަކަށް އުޅުމަށް ދަރިންނަށްވެސް ބާރުނާޅާ މަންމައެކެވެ. މިހެންކަމުން އިސްލާމްދީނާ ވީކޮޅަށް މަންމަގެ ހިތް މަޑުމޮޅިވުމަކީ މުޢުޖިޒާތެއްފަދަ ކަމެކެވެ މަންމަContinue reading “މަންމަ އިސްލާމްވީ ނިޔާވުމުގެ 3 ދުވަސް ކުރިން”

އަޙްމަދުގެ ތައުބާގެ ވާހަކަ

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި އުޅުނު ޝައިޚެކެވެ. އޭނާ ކިޔައިދިނެވެ. އެއް ފަހަރަކު ކޮންފަރެންސެއްގައި ބައިވެރިވުމަށް އަހަރެން އޭޝިއާގެ ޤައުމަކަށް ދިޔައެވެ. ދަތުރުގެ ކަންކަން ފުރުމުގެ އެއް ދުވަސްކުރިން ނިމުނެވެ. ކޮންފަރެންސްގެ ކަންކަމުގައި އުޅެންޖެހުނު ބުރަކަމުން ވަރުބަލިކަން ފިލުވާލުމަށް ހޮޓަލެއްގައި މަޑުކުރުމަށް ނިންމީމެވެ. މި ސިޓީގެ ކަންކަން އެހާ ބޮޑަށް ނޭނގެއެވެ. އެހެންވެ އެންމެ އަވަހަށް ފެނުނު ރަނގަޅުހެން ހިވާ ޒާތުގެ ހޮޓަލަކަށް ދިޔައީމެވެ. އެތަނުން ބޮޑަށް ފެނުނީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ މަޖާކުރުމުގެ މާހައުލެއް އޮތްތަނެއްގެ ގޮތުގައެވެ.Continue reading “އަޙްމަދުގެ ތައުބާގެ ވާހަކަ”